ލިޔުން ކިޔައިފައިވާ ޢަދަދު: 33
އަލަށް މަޔަކަށް ވެވުނު ހިދުގައި...
ލިޔުން ކިޔައިފައިވާ ޢަދަދު: 33...

\| ލިޔުން ކިޔަން ހޭދަވާނޭކަމަށް ލަފާކުރެވޭ ވަގުތު: < 1މިނިޓު \|
**ސަކީލާ ޙާމިދު ބިޖިލީގެ ހއ. ކެލާ**
އަލަށް މަޔަކަށް ވެނުވު ހިނދުގައި ލިބުނު އުފަލުން މިހިތްފުރުނޭ
މަލެއްފަދަ ލޯބިވެތި މޫނަށް ބަލާލައިފާ ދޮނެއްދެވުނޭ
އެތައް އުފަލެއް މަށަށްލިބުނޭ ދެތަންވީހިނދު ހިތުން ރޮވުނޭ
ހިތަށްކެއްނުވެވިގެން ދަރިފުޅު އަވަސް އަވަހަށް އުރާލެވުނޭ
ނުހަނު މައުސޫމު ސޫރައެކޭ އެހާ ލޮބުވެތި އަދާތަކެކޭ
ނުހަނު ލޮބުވެތިވި ފުއްގަނޑެކޭ އަބަދު ބޮސްދޭން މަހިތްއެދުނޭ
ނުލާހިކު ލޯބި ޙަރަކާތްތައް ކުރާތަންފެނި މިހިތްފޮޅުނޭ
ނުލާހިކު އުފަލުގައި ފިރުމާލުމާއެކު ގިސްލެވެން ފެށުނޭ
އެތައްވޭނެއް އުފުއްލިކަމެއް ހަނދާނެއް އަމުދަކުން ނުވިޔޭ
މިތަންވަޅު ސޫރަފެނުނީމާ އުފާއުފަލުން ކަރުނަ އޮހުނޭ
އަތާފައި ވަކިވަކިން ހިއްލާ އެތައްގިނަ އަޑުއަޑެއްލައްވާ
ނިތާ ބުމަ ގޮށްޖަހާލީމާ ނަގާ ލޮއްސާލަދޭން ފެށުނޭ
ހިތާ ނަފުސަށް އުފާލިބިގެން މިދަރިރިފުޅު ބޮޑުކުރަން އެދިގެން
މިތާ ދުނިޔޭގެ ބާނިތަކުން ފިދާވާން ހިތްމަގޭ އެދުނޭ
މިއީ ދުނިޔޭގެ ޤާނޫނޭ ހިނގާ ފިޠުރީ އުސޫލުމެޔޭ
މިއީ އަޒަލުގެ ނިޔާއެއްމޭ މިއެއްބަދަލެއް ނުވެސްވާނޭ
1. ޝުކުރިއްޔާ، ސަކީލާ!
2. މަރުޙަބާ އާއި ޝުކުރިއްޔާ!
Comments are closed.
މި މަޖައްލާގެ ހުރިހައި ޙައްޤެއްގެ މިލްކުވެރިޔާ: © ލިޔުންތެރިންގެ ގުޅުން \- ހ. އާމުލީގެ \- މާލެ \| 2012 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއް ނެތި ޚިދުމަތް ދެމުންދާ މަޖައްލާއެއް.