ވާހަކައާއި އަދަބިއްޔާތު

ޔަހޫދީންގެ އެއްހާސް އަހަރުގެ ތާރީޚު

ލިޔުން ކިޔައިފައިވާ ޢަދަދު: 64...

ޝަކީލާ ޙާމިދު
ޝަކީލާ ޙާމިދު
5 މިނެޓްގެ ކިޔުމެއް5 ސެޕްޓެމްބަރު 2026
ޔަހޫދީންގެ އެއްހާސް އަހަރުގެ ތާރީޚު

ލިޔުން ކިޔައިފައިވާ ޢަދަދު: 64

\| ލިޔުން ކިޔަން ހޭދަވާނޭކަމަށް ލަފާކުރެވޭ ވަގުތު: 4މިނިޓު \|

ވޭތުވެދިޔަ އެއް ހާސް އަހަރުގެ ތެރޭގައި ޔަހޫދީންގެ ތާރީޚީ ސަފުޙާތަކަށް ނަޒަރު ހިންގައި ބަލަމާ ހިނގާށެވެ. މިއީ ފާއިތުވި އެއްހާސް އަހަރުގެ ތެރޭގައި ދުނިޔޭގެ އެހެން އިންސާނުންނާއި، ޔަހޫދީންނާ ދެމެދު އޮތް ގުޅުމާބެހޭ ތާރީޚީ ކުރު ވަގުތުރޮނގެކެވެ. ހުޅަނގުގެ ޤައުމުތަކުގައި ޔަހޫދީންނާ ދެކޮޅު ޙަރަކާތްތައް އުފަންވީ ދަރަންޏަށް ފައިސާ ދޫކުރުމުގައި ރިބާ ނަގާ މިންވަރު މަތިވެ، އިޤުތިޞާދީގޮތުން ޤައުމުތައް އިނދަޖެހި، އަދި އިޖުތިމާޢީގޮތުން ޔަހޫދީންގެ ފަރާތުން އެތައް މައްސަލަތަކެއް ކުރިމަތިވުމުންނެވެ. އެގޮތުން އެހެން ނަސްލުތަކުގެ ކުޑަކުދިން ވަގަށް ނަގައި، އެކުދިން ކަތިލައި، އެކުދިންގެ ލޭބޯކަމުގެ ތުހުމަތުވެސް ޔަހޫދީންގެ މައްޗަށް ކުރެވުނެވެ. ޔަހޫދީން އުޅުނު ކޮންމެތަނެއްގައި، އެމީހުންގެ މައްޗަށް އެ ތުހުމަތު ކުރެވުނެވެ.

\\* 1096 ވަނަ އަހަރު ފުރަތަމަ ޞަލީބީ ހަނގުރާމައިގެ ކުރިން ފަރަންސޭސި ވިލާތުގައި ޔަހޫދީންނާ ދެކޮޅު ޙަރަކާތްތަކެއް އުފަންވެ، ބޮޑު ހަމަނުޖެހުމެއް ހިނގިއެވެ.

\\* 1098 ވަނަ އަހަރު–ބޮހީމިއާއިން ޔަހޫދީން ބޭރުކޮށްލެވުނެވެ. ޞަލީބީން ޕްރާގުގައި ދިރިއުޅެމުން ދިޔަ ޔަހޫދީ ޖަމާޢަތްތަކަށް ޙަމަލާދީ، އެމީހުންގެ މުދާތައް ފޭރިގަތެވެ. އަދި ގަދަކަމުން ޔަހޫދީން ނަޞާރާދީނަށް ވެއްދިއެވެ. އެކަމާ ދެކޮޅުހެދި މީހުންގެ މުދާތައް ފޭރިގަނެ، އެތައް ބަޔަކު މަރައިލިއެވެ.

\\* 1113 ވަނަ އަހަރު ކިއެވާން ރޫސް ނުވަތަ މިހާރުގެ ޔުކުރޭނުގެ ރަސްކަމަށް ވްލަޑިމީރް މޮނޮމާކް އިސްވެ، އެ ޤައުމުން ޔަހޫދީން ބޭރުކޮށްލެވުނެވެ. އެ އަހަރު ކިއޭވުގައި ޔަހޫދީންނާއި ދެކޮޅަށް ބޮޑު ޤަތުލުއާންމެއް ހިންގުނެވެ.

\\* 1147 ވަނަ އަހަރު ފަރަންސޭސިވިލާތުން ފުރަތަމަ ފަހަރަށް ޔަހޫދީން ބޭރުކޮށްލެވުނެވެ.

\\* 1171 ވަނަ އަހަރު–އިޓަލީވިލާތުން ޔަހޫދީން ބޭރުކޮށްލެވުނެވެ.

\\* 1188 ވަނަ އަހަރު–އިނގިރޭސިވިލާތުން ޔަހޫދީން ބޭރުކޮށްލެވުނެވެ. އަދި އޭގެފަހުން 1198 ވަނަ އަހަރު އަނެއްކާވެސް އިނގިރޭސިވިލާތުން ޔަހޫދީންތަކެއް ބޭރުކޮށްލެވުނެވެ. އަދި 1290 ވަނަ އަހަރު ރަސްގެފާނު އެޑްވަރޑް އެކެއްގެ އަމުރަށް އިނގިރޭސިވިލާތުގައި ތިބި ހުރިހާ ޔަހޫދީން އިނގިރޭސިވިލާތުން ބޭރުކޮށްލެވުނެވެ. އަދި 350 އަހަރުވަންދެން އެ އަމުރު ދެމިއޮތެވެ.

\\* 1298–ވަނަ އަހަރު ސްވިޒަލޭންޑުގައި 100 އަށް ވުރެ ގިނަ ޔަހޫދީން ދަންޖައްސައި މަރައިލެވުނެވެ. އަދި އެ ޤައުމުގައި ތިބި ޔަހޫދީން އެ ޤައުމުން ބޭރުކޮށްލެވުނެވެ.

\\* 1306 ވަނަ އަހަރު–ފަރަންސޭސިވިލާތުގައި ޔަހޫދީންނާއި ދެކޮޅަށް ބޮޑު ހަމަނުޖެހުމެއް ހިނގައި، 3000 ޔަހޫދީން ދިރިތިއްބާ އަންދައިލިއެވެ. އަދި ދެވަނަ ފަހަރަށް ޔަހޫދީން އެ ޤައުމުން ބޭރުކޮށްލެވުނެވެ.

\\* 1360 ވަނަ އަހަރު–ހަންގޭރީން ޔަހޫދީން ބޭރުކޮށްލެވުނެވެ.

\\* 1391 ވަނަ އަހަރު ޖޫން 06 ގައި ނަސްރާނީ ސްޕެއިންގެ ސެވިލްގައި ޔަހޫދީންނާއި ދެކޮޅު ޙަރަކާތެއް އުފަންވެ، 70 އަށް ވުރެ ގިނަ އަވަށްތަކަށް އެ ޙަރަކާތް ފެތުރި 5،000 އަށް ވުރެ ގިނަ ޔަހޫދީން ދިރިތިއްބާ އަންދައިލިއެވެ. އަދި 50،000 ގިނަ ޔަހޫދީން މަރައިލިއެވެ. އަދި އެ ޤައުމުގައި ތިބި ޔަހޫދީން އެ ޤައުމުން ބޭރުކޮށްލެވުނެވެ.

\\* 1394–ވަނަ އަހަރު ފަރަންސޭސިވިލާތުން ތިންވަނަ ފަހަރަށް ޔަހޫދީން ބޭރުކޮށްލެވުނެވެ.

\\* 1407 ވަނަ އަހަރު–ޕޮލެންޑުން ޔަހޫދީން ބޭރުކޮށްލެވުނެވެ.

\\* 1492 ވަނަ އަހަރު ސްޕެއިނުން ދެވަނަ ފަހަރަށް ޔަހޫދީން ބޭރުކޮށްލެވުނެވެ. އަދި އެ ޤައުމަށް ޔަހޫދީން އެތެރެވުން ތާއަބަދަށް މަނާކުރާ ގާނޫނެއް ފާސްކުރިއެވެ.

\\* 1492 ވަނަ އަހަރު ސިސިލީއިން ޔަހޫދީން ބޭރުކޮށްލެވުނެވެ.

\\* 1495 ވަނަ އަހަރު ލިތުއޭނިއާއިން ޔަހޫދީން ބޭރުކޮށްލެވުނެވެ. އަދި އެ އަހަރު ދެވަނަ ފަހަރަށް ޔުކުރޭނިއާގެ ކިއޭވުއިން ޔަހޫދީން ބޭރުކޮށްލެވުނެވެ.

\\* 1496 ވަނަ އަހަރު ޕޯޗުގަލްއިން ޔަހޫދީން ބޭރުކޮށްލެވުނެވެ.

\\* 1510 ވަނަ އަހަރު ހަތަރުވަނަ ފަހަރަށް– އިނގިރޭސިވިލާތުން ޔަހޫދީން ބޭރުކޮށްލެވުނެވެ.

\\* 1516 ވަނަ އަހަރު ޕޯޗުގަލްއިން ދެވަނަ ފަހަރަށް ޔަހޫދީން ބޭރުކޮށްލެވުނެވެ.

\\* 1516 ވަނަ އަހަރު ސިސިލީގައި، ޔަހޫދީންނަކީ މުޖުތަމަޢަށް ނުރައްކާތެރި ބައެއް ކަމަށް ކަނޑައަޅައި، އެހެން މީހުންނާ އެކަހެރިކޮށް ސަހަރުން ބޭރުގައި ޔަހޫދީންނަށް ދިރިއުޅެން މަޖުބޫރުކޮށް ޤާނޫނަކުން އެކަން ކަނޑައެޅިއެވެ.

\\* 1541 ވަނަ އަހަރު–އޮސްޓްރިއާއިން ޔަހޫދީން ބޭރުކޮށްލެވުނެވެ.

\\* 1555 ވަނަ އަހަރު ޕޯޗުގަލްއިން ތިންވަނަ ފަހަރަށް ޔަހޫދީން ބޭރުކޮށްލެވުނެވެ.

\\* 1555 ވަނަ އަހަރު އިޓަލީވިލާތުގެ ރޯމްގައި ޔަހޫދީންނަށް ދިރިއުޅެވޭނީ ހަމައެކަނި ވަކި ސަރަޙައްދެއްގައި ކަމަށް ކަނޑައަޅައި ޤާނޫނެއް ފާސްކުރިއެވެ.

\\* 1567 ވަނަ އަހަރު–އިޓަލީވިލާތުން ދެވަނަ ފަހަރަށް ޔަހޫދީން ބޭރުކޮށްލެވުނެވެ.

\\* 1570 ވަނަ އަހަރު ޖަރުމަނުވިލާތުގެ ބްރެންޑަންބާރގްއިން ޔަހޫދީން ބޭރުކޮށްލެވުނެވެ.

\\* 1580 ވަނަ އަހަރު "އިވާން ދަ ޓެރިބަލް" ގެ ވެރިކަމުގައި ނޮވްގްރޯޑްއިން ޔަހޫދީން ބޭރުކޮށްލެވުނެވެ. ނޮވޮގްރޯޑަކީ މެދުޒަމާނުގައި ރަޝިޔާގައި ގާއިމުވެފައި އޮތް މިނިވަން ރިޔާސަތެކެވެ. އިވާންގެ ވެރިކަމުގައި ނޮވޮގްރޯޑުއިން ބޭރުވާން ދެކޮޅުހެދި ޔަހޫދީން ކޯރަކަށް އެއްލާލައިގެން އެތައް ބަޔަކު މަރައިލިއެވެ. އަދި ޔަހޫދީ ވިޔަފާރިވެރިންނާއި، ދަތުރުވެރިން އެ ޤައުމަށް އެތެރެވުން މުޅިން މަނާކުރިއެވެ.

\\* 1592 ވަނަ އަހަރު ފަރަންސޭސިވިލާތުން ހަތަރުވަނަ ފަހަރަށް ޔަހޫދީން ބޭރުކޮށްލެވުނެވެ.

\\* 1616 ވަނަ އަހަރު ސްވިޒަލޭންޑުން ދެވަނަ ފަހަރަށް ޔަހޫދީން ބޭރުކޮށްލެވުނެވެ.

\\* 1629 ވަނަ އަހަރު ފިލިޕް ހަތަރެއްގެ ވެރިކަމުގައި ސްޕޭނުން ތިންވަނަ ފަހަރަށް ޔަހޫދީން ބޭރުކޮށްލެވުނެވެ. އަދި އެ އަހަރު ޕޯޗުގަލްއިން ހަތަރުވަނަ ފަހަރަށް ޔަހޫދީން ބޭރުކޮށްލެވުނެވެ.

\\* 1634 ވަނަ އަހަރު ސްވިޒަލޭންޑުން ތިންވަނަ ފަހަރަށް ޔަހޫދީން ބޭރުކޮށްލެވުނެވެ.

\\* 1655 ވަނަ އަހަރު ސްވިޒަލޭންޑުން ހަތަރުވަނަ ފަހަރަށް ޔަހޫދީން ބޭރުކޮށްލެވުނެވެ.

\\* 1660 ވަނަ އަހަރު ޔުކުރޭނުގެ ކިއޭވްއިން ތިންވަނަ ފަހަރަށް ޔަހޫދީން ބޭރުކޮށްލެވުނެވެ.

\\* 1701 ވަނަ އަހަރު ފިލިޕް 5 ގެ އަމުރަށް ސްވިޒަލޭންޑުން 5 ވަނަ ފަހަރަށް ޔަހޫދީން ބޭރުކޮށްލެވުނެވެ. އަދި އެފަހަރު އެ ޤައުމުގައި ތިބި ހުރިހާ ޔަހޫދީން އެއްކޮށް އެ ޤައުމުން ބޭރުކޮށްލެވުނެވެ.

\\* 1808 ވަނަ އަހަރު ފަރަންސޭސިވިލާތުގެ ޚުދުމުޚުތާރު ވެރިޔާ ނެޕޯލިއަން ބޮނަޕާޓް ޔަހޫދީންނާ ދެކޮޅަށް ޚާއްސަ ޤަރާރެއް ފާސްކުރިއެވެ. އަދި އެ ޤަރާރާ ޚިލާފުވާ ޔަހޫދީން އެ ޤައުމުން ބޭރުވުމަށް އެންގިއެވެ. އެ ޤަރާރުގައި ފަރަންސޭސިވިލާތުގެ އިރުމަތީގެ ސަހަރުތަކުގައި ދިރިއުޅޭ އެޝްކަނާޒީ ޔަހޫދީންނަށް ސޫދަށް ފައިސާ ދޫކުރުމުގެ ވިޔަފާރި މަނާކޮށް، ފަރަންސޭސި މަދަނީ ޤާނޫނުތަކަށް ތަބާވުމަށް އަމުރުކުރިއެވެ.

\\* 1828 ވަނަ އަހަރު ޔޫކުރޭނުގެ–ކިއެވްއިން ހަތަރުވަނަ ފަހަރަށް ޔަހޫދީން ބޭރުކޮށްލެވުނެވެ.

\\* 1933 ވަނަ އަހަރު ޖަރުމަނުވިލާތުގެ ޗާންސެލަރު ކަމަށް އެޑޮލްފް ހިޓްލަރު އިސްވުމާއެކު ޔަހޫދީންނާ ދެކޮޅު ޙަރަކާތްތަކެއް ފެށުނެވެ. އެގޮތުން އެ އަހަރުގެ މާރިޗްމަހުގެ ތެރޭގައި ދައުލަތުން ނިޒާމީގޮތެއްގައި ޔަހޫދީ ވަކީލުންނާއި، ފަނޑިޔާރުންނާއި އަދި ނާޒީންނާއި ދެކޮޅު ޔަހޫދީންނަށް އަމާޒުކޮށް އަނިޔާވެރިކަމުގެ ސިލްސިލާއެއް ފެށުނެވެ. އެޕްރީލްމަހުގެ 01 ވަނަ ދުވަހު، ޔަހޫދީ ވިޔަފާރިތައް ބޮއިކޮޓްކުރުމުގެ ބޮޑު ޙަރަކާތެއް މުޅި ޖަރުމަނުގައި ފެށުނެވެ. މެއި މަހުގެ ތެރޭގައި ޤާނޫނަކުން ޔަހޫދީ މުދައްރިސުންނާއި، ޑޮކްޓަރުންނާއި، ސިވިލްސަރވެންޓުން ވަޒީފާތަކުން ވަކިކުރެވުނެވެ. 1933 ވަނަ އަހަރު ނިމުނުއިރު، 40،000 އަށްވުރެ ގިނަ ޔަހޫދީން ޖަރުމަނު ދޫކޮށް ދިޔައެވެ. ހިޓްލަރުގެ ނާޒީ ވެރިކަމުގައި ގާތްގަޑަކަށް ހަމިލިއަން ޔަހޫދީން މަރައިލިކަމަށް ބުނެވެއެވެ.

މިއީ، ފާއިތުވި އެއް ހާސް އަހަރު ތެރޭގައި ދުނިޔޭގެ ޤައުމުތަކާއި، ޔަހޫދީންގެ ގުޅުމާ ބެހޭ ކުރު ތާރީޚެކެވެ. ތާރީޚު ހެކިދޭ ގޮތުގައި ދުނިޔޭގެ ޤައުމުތަކުން ޔަހޫދީން ބޭރުކޮށްލި ކޮންމެ ފަހަރަކު އެމީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދީ، އެމީހުން ސަލާމަތްކުރީ އަބަދުވެސް އިސްލާމީ ޤައުމުތަކާއި، މުސްލިމުންނެވެ.

ހުޅަނގުގެ ޤައުމުތަކަށް ޔަހޫދީންގެ ބަލާވެރިކަން ބޮޑުވެ، އެމީހުންގެ ކިބައިން ސަލާމަތްވާން ވެގެން، 1948 ވަނަ އަހަރުގެ މެއި މަހުގެ 14 ވަނަ ދުވަހު ފަލަސްޠީނުގެ ބިމުގައި ޔަހޫދީންނަށް ދައުލަތެއް އުފައްދައި، މުސްލިމުންގެ އުނގަށް ޔަހޫދީންނޭ ކިޔޭ ނާގަހަރުފަ ވައްޓައިލިއެވެ. އޭގެފަހުން ފާއިތުވި 78 އަހަރުގެ ތެރޭގައި، މުސްލިމުންނާ މެދު ޔަހޫދީން ހިންގާފައިވާ އަދި މިހާރުވެސް ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކުން، ޔަހޫދީން ހުޅަނގުގެ ޤައުމުތަކުން ބޭރުކުރީ ކީއްވެގެންކަން އެނގޭނެއެވެ.

މި ތާރީޚާއި، ޔަހޫދީންގެ އަނދިރި މާޒީ ދުނިޔޭގެ ގިނަ މީހުންނަކަށް ނޭނގޭނެއެވެ. ޔަހޫދީންގެ ނުފޫޒުގެ ސަބަބުން ދުނިޔޭގެ ޤައުމުތަކުގައި އެމީހުން ހިންގި ޖަރީމާތަކާއި، ލަދުވެތި ޢަމަލުތައް މިހާތަނަށް ތަޙުޤީޤު ކުރެވިފައި ނުވެއެވެ. އަޅުގަނޑު މިވާހަކަ މިލިޔެލީ، ޔަހޫދީންނަކީ އާންމުކޮށް އިންސާނިއްޔަތަށް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލެއްކަން ވިސްނައިދިނުމަށެވެ.

Your email address will not be published.

މި މަޖައްލާގެ ހުރިހައި ޙައްޤެއްގެ މިލްކުވެރިޔާ: © ލިޔުންތެރިންގެ ގުޅުން \- ހ. އާމުލީގެ \- މާލެ \| 2012 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއް ނެތި ޚިދުމަތް ދެމުންދާ މަޖައްލާއެއް.

ދިވެހި ބަސްއަދަބިއްޔާތުލިޔުންތެރިން